ENGLISH
30 އޮކްޓޯބަރު 2025
ދިއްދޫއަށް ޒަމާނީ ރީތި ހޮސްޕިޓަލެެއް، ހއ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
25 ސެޕްޓެމްބަރު 2025
|
ހއ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ ކުރެހުމެއް --
ހއ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އާ އެވެ. މިއަދު ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަޙުމަދު ޤާސިމް އެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުލް ރަހްމާން ޔޫސުފް އެވެ.
މިއީ 185.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މުޅި މަޝްރޫއު 780 ދުވަސް ތެރޭ ނިންމަން ޖެހެ އެވެ.
މި މަޝްރޫއުގެ ދަށުން 50 އެނދުގެ އައު ހޮސްޕިޓަލް ޢިމާރާތަކާއި ސާވިސް ބިލްޑިން އެއް އިމާރާތް ކުރާނެ އެވެ. މިއީ ފަސް ބުރީގެ އިމާރާތެކެވެ. މި ހޮސްޕިޓަލް އިމާރާތުގަައި އައިސޮލޭޝަން ފެސިލިޓީ އާއި ރޭއޮލޮޖީ ޑިޕާޓްމަންޓް (އޭގެތެރޭގައި އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭނެ) އެވެ.
އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓް ވެސް ހިމެނެ އެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މި ހޮސްޕިޓަލް ވެގެންދާނީ، ޒަމާނީ ފެންވަރަކަށް ޤާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލް ޢިމާރާތަކަށެވެ.