ENGLISH

30 އޮކްޓޯބަރު 2025

Advertisement

ދިޔަމިގިލީގައި އޭޓީއެމް ހިދުމަތް ތައާރަަފުކޮށް، އެފްއާރްސީގެ އަމަލީ މަސައްކަތް ފަށައިފި

25 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ދިޔަމިގިލީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ތ.ދިޔަމިގިލީގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކުރި އޭޓީއެމްއިން ހިދުމަތް ދޭން ފަށައި އެ ރަށުގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ދިޔަމިގިއްޔަށް ވަޑައިގެން، އޭޓީއެމްގެ ހިދުމަތް އިފުތިތާހުކޮށްދެއްވީ އެމަނިކުފާނެވެ. އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސްވަނީ އޭޓީއެމްއިން ފައިސާ ނަންގަވައިފައެވެ. 

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ތައާރަފުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިހާތަނަށް 13 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކޮށް ނިންމާފައިވެއެވެ. 

ދިޔަމިގިއްޔަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަަލީ މަސައްކަތް ފައްޓަަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއެވެ. 

މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރްސީތައް ގާއިމުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ އަމާޒަށް ވާސިލުވުމަށް ގިނަ ރަށްތަކެއްގައި އެ މަސައްކަތްވަނީ ފެށިފައެވެ. އެ މަޝްރޫއުތައް ހިންގަނީ ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު