ENGLISH

30 އޮކްޓޯބަރު 2025

Advertisement

މާވަށުގައި މީހަކު މަރާލުން: ތުހުމަތު އޮތް މީހާއަށް ދަޢުވާކޮށްދޭން އެދިއްޖެ

25 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ދ. ނޮޅިވަރަންފަރު އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް --

ލ.މާވަށުގައި ޖުލައި މަހުގެ 28 ވަނަ ދުވަހު ހިނގި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާކޮށް ދޭން އެދިއްޖެ އެވެ.

މާވަށު ވޮލީބޯޅަ ކޯޓު ކައިރީ ހުއްޓައި ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑެއް އޮތް މީހެކެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މައްސަލަ ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ. 

މޫސާ އިބްރާހީމްގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދި އެވެ. 

ކިޔުންތެރިންގެ ހިޔާލު