ENGLISH
05 ޖުލައި 2025
އޭސީސީ އާއި އީސީގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސަށް
26 ނޮވެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާއަށް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ؛ ރައީސް އޮފީސް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވަނީ، 2024 ނޮވެންބަރު 25 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުން މަޖިލީހުގެ 53 ވަނަ ޖަލްސާގައެވެ.
މި އިސްލާހުގައި ވާގޮތުން، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ޢައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ގެނެވުނު އިސްލާހުގައިވާ ގޮތުގައި، ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަން ކުރާނީ، ކޮމިޝަނަށް އައްޔަން ކުރެވޭ މެންބަރުންގެ ތެރެއިން މީހެއްގެ ނަން ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ނުވަތަ މީހުންނެވެ.
އެހެންނަމަވެސް، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބުރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ މެންބަރުން، ގާނޫނުގައިވާ ގޮތުގެމަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ތަޞްދީޤުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.