ENGLISH

30 އޮކްޓޯބަރު 2025

Advertisement

ވިސާ ނެތި ދިވެހިންނަށް އަޒަރބައިޖާން އަށް ދަތުރުކުރެވޭ ގޮތް ހަދައިފި

25 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ދިވެހިންނަށް އޯރޑިނަރީ ޕާސްޕޯޓުގައި ވިސާއާ ނުލައި އަޒަރުބައިޖާންއަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ 80 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަޒަރުބައިޖާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޯވް އެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ނުލައި އަޒަރުބައިޖާން އަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ދިވެހީންނަށް ލިބޭނެއެވެ.

ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި 2024 ވަނަ އަހަރު ވަނީ ސޮއިކޮށްފައެވެ.

ޗައިނާގެ ޓިއަންޖިންގައި ދާދި ފަހުން ކުރިއަށް ދިޔަ އެސްސީއޯ ސަމިޓްގެ ހަވާސާގައި ރާއްޖެ އާއި އަޒަރުބައިޖާންގެ ރައީސުން ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު