ENGLISH

01 ނޮވެމްބަރު 2025

Advertisement

ރައީސް ދެއްވީ ޔަޤީންކަން: ވަންދޫ ބަނދަރު ތަރައްޤީކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ

24 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ --

ކޮޅުމަޑުލު ވަންދޫ ބަނދަރު ތަރައްޤީކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައި، މަޝްރޫޢު ނިންމައިދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކުރި މި މަޝްރޫޢަކީ ރަށުގެ ތަރައްޤީއަށް މުހިއްމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ވަންދޫގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން މިސްކިތުގެ މަސައްކަތް، އަންނަ ރަމަޟާންމަހަށް ނިންމަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަންފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ފެށި، ނިމެމުންދާ މަންޒަރު ފެންނާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން ތ. ވަންދޫ ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ. އަދި ވަންދޫގެ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް މިއަދު ވަނީ ފައްޓަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު