ENGLISH
01 ނޮވެމްބަރު 2025
ތ. ވަންދޫއަށް ކަކޮޅަސް ހަވާލުކޮށްފި
24 ސެޕްޓެމްބަރު 2025
|
ރައީސް، ވަންދޫއަށް ވަޑައިގަަތުން --
ތ. ވަންދޫއަށް ކަކޮޅަސް ހަވާލުކޮށްފި އެވެ.
ކަކޮޅަސް, ވަންދޫ ކައުންސިލާއި ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެެއްވުމަށް މިއަދު ބޭއްވި ޖަލްސާގަ އެވެ. ރަށު ކައުންސިލާއި އެ ރަށް ހަވާލުކޮށް ދެއްވީ ސިޓީސްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މިއީ ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި، ރަށާއި ކައިރީގާ ހުންނަ ފަޅުރަށް ކައުންސިލާ ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ވަންދޫއާ ހަވާލުކުރި ރަށެކެވެ.
މި ފަޅުރަށް ޙަވާލުކުރެއްވީ ވަންދޫ ކައުންސިލުން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލަށް ބިނާކޮށް، އެއްބަސްވުމަކާއި އެކުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށަށް އިޤްތިޞާދީގޮތުން ފައިދާ ހޯދައިދިނުމަށްޓަކައި، ކުރިއަށް އޮތްތަނުގައި އެއްބަސްވުމަށް އިތުރު ހެޔޮ ބަދަލުތައް ގެނެވެންއޮތްތޯ ބަލައި، އެބަދަލު ގެންނަވާނެ ކަމަށެވެ. އެގޮތުން އެކި ފަރާތްތަކަށް ކުއްޔަށް ދެވޭނެ ޖާގަ އިތުރުކުރުން ފަދަކަންކަން ވީ އެންމެ ރަނގަޅަކަށް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.