ENGLISH

01 ނޮވެމްބަރު 2025

Advertisement

ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަން ސިނގިރޭޓް އަތުލައިގެންފި

24 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

އެކަން ހާމަކޮށް މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މި ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލަ މިހާރު ގެންދަނީ ކަސްޓަމްސް އިން އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށް ވަނީ ބުނެފަ އެވެ.

ދުންފަތުގެ ބަވާއިން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު