ENGLISH

01 ނޮވެމްބަރު 2025

Advertisement

ރައީސް ހިރިލަންދޫ އިސްވެރީންނާއި ބައްދަލު ކުރައްވައިފި

24 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ހިރިލަންދޫ އިސްވެރީންނާއި ބައްދަލު ކުރެެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފަ އެވެ. މި ގޮތުން ކައުންސިލުން ވަނީ ރަށުގެ ބިން އިތުރު ކޮށްދެއްވުމާއި، ހިރިލަންދޫއަކީ މަސްވެރި ރަށަކަށް ވުމުން، ކޯލްޑް ސްޓޯރޭޖެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން ރަށުގެ ޞިއްޙީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީ ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު