ENGLISH
01 ނޮވެމްބަރު 2025
ގާސިމަށް އެޑްމިޓް ކޮށްގެން ފަރުވާދެނީ
24 ސެޕްޓެމްބަރު 2025
|
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ގާސިމް އިބްރާހިމަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި މާލެ ވަޑައިގެން ހޮސްޕިޓަލުން ފަރުވާ ހޯއްދެވީ ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް އުނގަދޫތަކެއް ވާތީ އެވެ.
ނަމަވެސް މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް އިބްރާހިމަކީ ވިޔަފާރީގެ ދާއިރާއާ ސިޔާސީ ދާއިރާގައި ވެސް ނުފޫޒު ގަދަ ވަރަށް ކާމިޔާބު ބޭފުޅެކެވެ.