ENGLISH

01 ނޮވެމްބަރު 2025

Advertisement

އެމްޑީޕީން ގައުމު ހަލަބޮލިކުރަން އުޅެނީ ރައީސް ގައުމު ހަމަމަގަށް އަޅުއްވާތީ: މަމްދޫހު

24 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިިދިކޮޅު އެމްޑީޕީން އެކި ބަހަނާ ދައްކައިގެން ގައުމުގައި އޮތް ހަމަޖެހުން ނަގައިލާ ހަލަބޮކުރަން މަސައްކަތްކުރަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގައުމު ހަމަމަގަށް އަޅުއްވާނެކަން އެނގިގެން ކަމަށް ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ. 

އިދިކޮޅު އެމްޑީޕީން އަންނަނީ އޮކްޓޯބަރު ތިންވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. "ލޫޓުވާލައިފި" ނަމުގައި އެމްޑީޕީން ބާއްވާ އެއްވުމަށް ތާައީދު ހޯދުމަށްޓަކައި ސަރުކާރަށް އެކި ކަހަލަ ތުހުމަތުތައް އެ ޕާޓީން އަންނަނީ އަމާޒުކުރަމުންނެވެ. 

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަމްދޫހު ވިދާޅުވީ އެމްޑީޕީން ގައުމު ހަލަބޮލިކުރަން މަސައްކަތްކުރަނީ މައިގަނޑު ދެ މަގުސަދެއްގައި ކަމަށެވެ. 

އެގޮތުން ފުރަތަމަ މަގުސަދެއްގެ ގޮތުގައި މަމްދޫހު ފާހަގަކުރެއްްވީ އެމްޑީޕީން ފާއިތުވި ފަސް އަހަރު، އެ ޕާޓީގެ ވެރިކަމުގައި ދައުލަތް ލޫޓުވައިލި "ވަގުން"ގެ މައްސަލަތައް ބަލައި، ތަހުގީގުކޮސް، ދައުވާކުރަން ފޮނުވާތީ އެކަން ހުއްޓުވުންކަމަށް މަމްދޫހު ތުހުމަތުކުރެއްވިއެވެ. 

އެމްޑީޕީގެ ދެވަނަ މަގުސަދެއްގެ ގޮތުގައި މަމްދޫހު ބަޔާންކުރެއްވީ އެމްޑީޕީގެ ވެރިކަމުގައި، ފުނޑުފުނޑުކޮށް، ކުނޑިކުޑިކޮށްލާފައި ދިޔަ ރާއްޖޭގެ އިގުތިސާދު ރައީސް ޑރ.މުހައްމަދު މުއިއްޒު ހަމަ މަގަށް އަޅުއްވައި އަލުން ބިނާކުރައްވަމުންދާތީ، ރައީސްގެ ހަރުދަނާ ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ގައުމު އަލުން ކޮޅަށް ޖައްސަވައި ހަމަ މަގަށް އަޅުއްވައި، ސީދާ ރައްޔިތުން ބޭނުންވާ ތަރައްގީ އެ ރައްޔިތުން ބޭނުންވާ ގޮތަށް ގެނެސްދެއްވާތީ އެކަންކަން ހުއްޓުވުމެވެ. 

މަމްދޫހު ވިދާޅުވި ގޮތުގައި  ހީލަތްތެރި ގޮތެއްގަައި އެމްޑީޕީން ރައީސް ޑރ.މުއިއްޒު ގެންނަވާ ތަރައްގީއަށް ހުރަސްއެޅުމަށް މަސައްކަތްކުރި ނަމަވެސް ރައްޔިތުން މިހާރު ތިބީ އެމްޑީޕީއަށް އެ ފުރުސަތު ދޭ ގޮތަށް ނޫނެވެ. އޭނާ ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވަނީ ހަމަޖެހުމާއި ތަރައްގީ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު