ENGLISH

01 ނޮވެމްބަރު 2025

Advertisement

ކަނޑޫދޫ ބަނދަރުގައި ޖެޓީއެއް ގާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

24 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކަނޑޫދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް

ތ.ކަނޑޫދޫގެ ބަނދަރުގައި ޖެޓީއެއް ގާއިމުކުރުމާއި، މަގު ހެދުމުގެ މަސައްކަތް ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ޒިޔާރަތުގައި ކަނޑޫދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބަައްދަލުކުރައްވާފައިވެއެވެ. 

ކަނޑޫދޫގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން ބަނދަރުގައި ޖެޓީއެއް ބިނާކުރުމަށާއި، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެ ރަށު ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ. 

ބަނދަރުގައި ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފަައިވަނީ އެމްޓީސީސީއާއެވެ. އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗަރ ޑރ.އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ. 

ކަނޑޫދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)އާއެވެ. އެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ މުއްތަލިބު ސޮއިކުރެއްވިއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. 

ރައީސް އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، އެކި ރަށްރަށުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ގެންދަވަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ބައެއް މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު