ENGLISH
01 ނޮވެމްބަރު 2025
ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ދެމިއޮތީ ހައްގުގެ މަތީ އެއްބައިވަންތަކަންމަތީ ދެމިތިބުމުން: ރައީސް
24 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތ.މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ދިވެހިިންގެ އަމިއްލަވަންތަކަމާއި މިނިވަންކަން އެގޮތުގައި ދެމިއޮތުމުގެ ސިއްރަކީ ހައްގުގެ މަތީގައި އެއްބައިވަންތަކަންމަތީ ދެމިތިބުންކަމށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ މީގެ 899 އަހަރު ކުރިން ދިވެހިން އިސްލާމްދީން ގަބޫލުކުރުމުގައި ދައްކުވައިދިނީ، ކިޔަމަންތެރިކަމއި ސުލްހަވެރިކަމައި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް އިހުތިޔާރުކުރުމުގެ ރިވެތި ނަމޫނާއެއް ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ އިސްލާމްދީން ގަބޫލުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދިވެހިންގެ އަމިއްލަވަންތަކަަމާއި މިނިވަންކަން ރާއްޖޭގައި ދެމިއޮތުމުގެ ސިއްރަކީ، ދިވެހިންނަކީ ހައްގުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށްވުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ މިއަދު ޖީލުން އަންނާން އޮތް ޖީލުތަކަށް އަދި މާދަމާގެ ދަރިންނަށް ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރޮި ތަރިކައަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ އަމިއްލަވަންތަ ރީތި ސިފަތަކެވެ.
ރައީސްވަނީ އިސްލާމްދީނާއި އެ ދީނާ ގުޅިގެން ދިވެހިންގެ ތެރޭގައި އުފެދި އަށަގަނެފައިވާ ރިވެތި އާދަތައް އަންނާން އޮތް ޖީލުތަކަަށް ވާރުތަކޮށްދީ، އެކަންކަން ހުރިހާ ޒަމާނެއްގައިމެ ދިވެހީންގެ މެދުގައި ދަމަހައްޓައި ހިމާޔަތްކުރުމުގެ ނަސީބު މިންވަރުކޮށްދެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުއާ ދެންނެވުމާއެކު، މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ރޭ ރައީސްވަނީ ކުރިއަށް އޮތް އަހަރު ރާއްޖެ އިސްލާމްވިތާ 900 ވަނަ އަހަރު ވަރަށް ކުލަގަދަކޮށް، ދިވެހީންގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާވެ އިތުރަށް އާލާވާނެ ގޮތަށް ފާހަގަކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.