ENGLISH

05 ޖުލައި 2025

Advertisement

މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ލަންކާ ބޯޓުގެ ފަސް މީހުންގެ ބަންދަށް 30 ދުވަސް

26 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

މަސްތުވާތަކެތި ފެނުމާ ގުޅިގެން ހައްޔަރުކުރި ފަސް މީހުން

ރާއްޖޭގެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ސްރީ ލަންކާގެ މަސްބޯޓުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ހައްޔަރުކުރި ފަސް މީހުން ކަސްޓޯޑިއަލް ޖަލުގައި 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރި ފަސް މީހުންނަކީ ސްރީލަންކާގެ ރައްޔިތުންނެވެ. އެ މީހުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުގެ އޮޕަރޭޝަނެއްގައި ވަނީ ސަލާމަތީ ޚިދުމަތްތަކުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ބޯޓު ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، ޝައްކުކުރެވޭ ތަކެތި ތަޙްލީލުކުރުމަށް ވަނީ ފޮނުވާފައެވެ. އެ ބޯޓުން ވަނީ ބައިޓަނުގެ މަސްތުވާތަކެތި ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު