ENGLISH

01 ނޮވެމްބަރު 2025

Advertisement

ރައީސް، މަޑިފުށީ އިސްވެރީންނާއި ބައްދަލު ކުރައްވައިފި

23 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް، މަޑިފުށީ އިސްވެރީންނާއި ބައްދަލު ކުރެެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު މަޑިފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު މަޑިފުށީ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުންވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުގެންދަވާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފަ އެވެ. ހަމަމިއާއިއެކު ކައުންސިލުންވަނީ މިއަދު އައު ސުކޫލުގެ ބިންގާއެޅިގެންދިއުމަކީ މުޅި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކާއި އުފަލެއްކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ރަށުގެ ތަރައްޤީއަށް މިހާރު އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފަ އެވެ. މި ގޮތުން ހެލްތު ސެންޓަރުގެ މުވައްޒަފުން މަދުކަމާއި، ފުލުހުންގެ ވެހިކަލެއް ނެތުމުން ދިމާވާ ދަތިތަކާއި، ހުއްޓިފައިވާ އައިސް ޕްލާންޓްގެ މަސައްކަތް އަވަހަށްނިންމަވައި ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު