ENGLISH

01 ނޮވެމްބަރު 2025

Advertisement

އަންނަ އަހަރު ބުރުނީގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެކަމުގައި ރައީސް ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ބުރުނީ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ތ.ބުރުނީގައި އަންނަ އަހަރު ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ތ.ބުރުންޏަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ތަފާތު ގިނަ ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒުކުރަމުންދާ ކަމަށެވެ. 

އެގޮތުން ފަސޭހައިން އަބުރާ ދެއްކޭ ގޮތަށް ލުއި ލޯނުތައް ދޫކުރުމާއި، އަމިއްލަ ގެތަކުގައި ގެދޮރު ބިނާކޮށްދިނުމާއި، ރޯހައުސްއާއި ފުލެޓުތައް އެޅުމުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. ބުރުންޏަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށަކަށްވާތީ އެ ރަށު ރައްޔިތުންނަށް އެ ދާއިރާއިން ހައްލުތަކެއް ހޯދައިދިނުމަށްވެސް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެ ރަށުގައި އަޅާނީ 30 ހައުސިން ޔުނިޓު ކަމަށެވެ. އެ މަޝްރޫއު ކުރިއަށްގެންދާނެ ގޮތެއް ނިންމާނީ ރަށު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު އެ ރަށު ރައްޔިތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"ކައުންސިލާ ރައްޔިތުންގެ ޚިޔާލާއެކު ނިންމާގޮތަކަށް، އަންނަ އަހަރު 30 ހައުސިން ޔުނިޓް ބުރުނީގައި އެޅުމުގެ މަސައްކަތް ފަށާނަން. އަމިއްލަ ގޯތީގަތޯ ނޫނީ ރަށުގެ ވަކި ސަރަހައްދެއްގަ އަޅާނީ، އެކަން ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް އެބައޮތް.،" ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް ރަށު ރައްޔިތުން އެެދިފައިވާ ބަދަލުތަކާއެކު ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ މަސައްކަތް ކުރުމަށްޓަަކައި ހަދަންޖެހޭ އީއައިއޭގެ މަސައްކަތް ނިންމައި އެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުވެސް ކުރިއަށްގެންދަވައި ފަރުމަސް ބާނަން ބޭނުންވާ ޖެޓީއެއް ތަރައްގީކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު