ENGLISH

01 ނޮވެމްބަރު 2025

Advertisement

ސައުދީ އަރަބިއްޔާގެ މުފްތީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސައުދީ އަރަބިއްޔާގެ މުފްތީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައި --

ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްްޔާ ވަނީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރައްވާފަ އެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދެ ހަރަމްފުޅުގެ ޚާދިމް, ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި ޝެއިޚްގެ އާއިލާއާ އެ ޤައުމުގެ ރައްޔިތުންނަށް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.

ޝެއިޚްގެ ވަކިވެވަޑައިގަތުން ރައީސް ސިފަ ކުރެއްވީ އިސްލާމީ އުންމަތަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގެންދެވި ޢާލިމަކު ވަކިވެވަޑައިގަތުމެެއްގެ ގޮތުގަ އެވެ.

ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށް ފަހު ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން މިއަދުގެ އަސްރު ނަމާދަށް ފަހު ދެ ހަރަމްފުޅާއި ސައޫދީގެ ހުރިހާ މިސްކިތްތަކެއްގައި ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އަންގަވާފަ އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު, ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ޝެއިޚްގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ. ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު