ENGLISH

01 ނޮވެމްބަރު 2025

Advertisement

ރައީސް، ކޮޅުފުށީގެ އިސްވެރީންނާއި ބައްދަލުކުރައްވައިފި

23 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް، ކޮޅުފުށީގެ އިސްވެރީންނާއި ބައްދަލުކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ކޮޅުފުށި ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މުލަކަތޮޅު ކޮޅުފުށީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގައި މިހާރު ނިމިފައިވާ 100 ގެއަށް ނަރުދަމާ ނިޒާމްގުޅައިދިނުމާއި، ފެނަކަ އޮފީހުގެ މަސައްކަތް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި ރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ޖެންސެޓެއް ބޭނުންވާކަންވެސް މެންބަރުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުންވެސް ސްކޫލަށް ރަނގަޅު ފެންވަރުގެ ލައިބްރަރީއަކާއި އިތުރު ޖާގަ ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު