ENGLISH

01 ނޮވެމްބަރު 2025

Advertisement

ސައޫދީގެ މުފްތީ އަވަހާރަވުން: ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރާނެ

23 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު

ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް ނިންމައިފި އެވެ.

އެކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު, ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އިއުލާނު ކުރައްވާފަ އެވެ. ވަޒީރު ވިދާޅުވީ ޝެއިޚްގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރާނެ ކަމަށެވެ. ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

އެމަނިކުފާނަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއް ކަމަށާ އަދި އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގައި ޚުޠުބާ ދެއްވާފައިވާކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.

ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށް ފަހު ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން މިއަދުގެ އަސްރު ނަމާދަށް ފަހު ދެ ހަރަމްފުޅާއި ސައޫދީގެ ހުރިހާ މިސްކިތްތަކެއްގައި ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އަންގަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު