ENGLISH
05 ޖުލައި 2025
ތައިލެންޑުގެ ސަފީރުކަމަށް ފުއާދު އައްޔަންކުރަން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި
26 ނޮވެމްބަރު 2024
|
ތައިލެންޑުގެ ސަފީރު ކަމަށް އީސީގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރަން ޚާރިޖީ ކޮމިޓީން ރުހުން ދީފި އެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނުވަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވަނީ، ސަފީރު ކަމަށް ފުއާދު އައްޔަން ކުރަން ފެންނަ ކަމަށެވެ.
ފުއާދު ތައުފީގަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި، ދައުލަތަށް ވަރަށް ގިނަގުން ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ކޮމިޓީން ވިދާޅުވި އެވެ.
ފުއާދު ވަނީ ސެޕްޓެމްބަރު 2009 އިން ފެށިގެން މާޗު 2014 އާ ހަމައަށް އީސީގެ ރައީސްކަން ކުރައްވައިފަ އެވެ. މެދުކެނޑުމަކަށްފަހު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަލުން އީސީއާ ގުޅިވަޑައިގެން ފުއާދު ވަނީ 2021 ގައި ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ.