ENGLISH

01 ނޮވެމްބަރު 2025

Advertisement

ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އަވަހާރަވެއްޖެ

23 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު މިއަދު އަވަހާރަވެއްޖެ އެވެ.

ސައޫދީ ސަރުކާރުން ވަނީ އެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ. އަދި ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށް ފަހު ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން މިއަދުގެ އަސްރު ނަމާދަށް ފަހު ދެ ހަރަމްފުޅާއި ސައޫދީގެ ހުރިހާ މިސްކިތްތަކެއްގައި ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އަންގަވާފަ އެވެ.

ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސެވެ. އަދި އެއީ އެ ގައުމުގެ އެންމެ މަތީ މުފްތީ އެވެ.

ހައްޖު ދުވަހު އުންމަތަށް އިއްވޭ ހުތުބާ ވެސް ވަރަށް ގިނައިން ދެއްވާފައިވާ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން ގެންދަނީ ހިތާމަ ފާޅުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު