ENGLISH
01 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
23 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މިދިޔަ ޖޫން މަހު ސައުދީގެ ވަލީ އަހުދު ޕްރިންސް މުހައްމަދާ ބައްދަލުކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ އަރަބިއްޔާގައި މިއަދު ފާހަގަކުރާ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް ފޮނުއްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެޤައުމުގެ ރައްޔިތުންނަށް ވެސް ދުވަހުގެ ތަހުނިޔާ ވަނީ ފޮނުއްވައިފައެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ސަޢޫދީ އަރަބިއްޔާއަކީ އެކުވެރި އަދި ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް ކަމަށެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެކަމަށް ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.
ސަޢޫދީ އަރަބިއްޔާގައި މިއަދު ފާހަގަކުރަމުންދަނީ އެޤައުމުގެ 95 ވަނަ ޤައުމީ ދުވަހެވެ.