ENGLISH

01 ނޮވެމްބަރު 2025

Advertisement

ކޮޅުފުށީ މަގުތައް ތާރު އަޅައިގެން ތަރައްގީކުރަން އާރުޑީސީއަށް، އަމަލީ މަސައްކަތް ފަށައިފި

23 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ކޮޅުފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން މ. ކޮޅުފުށީގެ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. 

ކޮޅުފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވައިދެއްވީ، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި މުލަކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ނައުފަލްއާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އަދި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢަލީމް ބައިވެރިވަޑައިގެންނެވިއެވެ. 

އާރުޑީސީން ކޮޅުފުށީގެ މަގުތައް ތަރައްޤީކުރާއިރު، އެރަށުގެ 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރުގެ މާރިިޗު މަހު ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި އެންމެ މުހިއްމު އެއް ކަމަކީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. 

ކޮޅުފުށީ ފިޓްނަސް ސެންޓަރުގެ ބިންގާ ވަޒީރު ޒަމީރު އަޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސަ

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މިއަދު ވަނީ ކޮޅުފުށީގައި އަޅާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ޝަރަފްވެރިކޮށްދެއްވާފައެވެ.

ކޮޅުފުށީގައި ތަރައްޤީކުރާ އެފްއާރުސީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަރިހުގައި މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީ އަދި ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ. 

ކޮޅުފުށީގައި އެފްއާރުސީ ތަރައްގީކުރާނީ އެމްޓީސީސީއާ ޙަވާލުކޮށްގެންވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮޅުފުށީގެ ދެ މަޝްރޫޢު ޝަރަފްވެރިކޮށްދެއްވުމަށް ފަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. 

ސުނާމީގައި ބޮޑު ގެއްލުމެއް ލިބުނު ކޮޅުފުށީގެ އާބާދީއަކީ ގާތްގަނޑަކަށް 1400 އެއްހާ މީހުންނެވެ. އެކަމަކު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 800 އެއްހާ މީހުންނެވެ. 

ކިޔުންތެރިންގެ ހިޔާލު