ENGLISH

01 ނޮވެމްބަރު 2025

Advertisement

އީރާނުގައި ބާއްވާ "ކިޝް އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް

23 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

އިޤްތިޞާދީ ވުޒާރާއިން ބޭއްވި ހަރަކާތެއްގެ ތެރެއިން. ފޮޓޯ: އިޤްތިޞާދީ ވުޒާރާ

އީރާނުގައި ބާއްވާ ކިޝް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ. 

އެ ވުޒާރާއިން އާއްމުކޮށްފައިވާ އިއުލާނުގައި ބުނީ އެކްސްޕޯ އީރާނުގައި ކުރިއަށްދާނީ ޑިސެމްބަރު 9 އިން 14 އަށް ކަމަށެވެ. އީރާނުގެ ސަރުކާރުން އެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ދީފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މައުރަޒު އޮންނާނީ އީރާނުގެ ކިޝްގައި ހުންނަ ކިޝް އައިލެންޑް އެގްޒިބިޝަން ސެންޓަރުގައެވެ. އެގްޒިބިޝަން ކުރިއަށްދާނީ ހަ ދުވަހުގެ މުއްދަތަށެވެ. 

މައުރަޒުގައި ބައިވެރިވުމަށް ހާއްސަ ދާއިރާތަކެއް ވަނީ ކަނޑައަޅައިފައެވެ. އެއީ ޓޫރިޒަމް، ކޮންސްޓްރަކްޝަން، ދަނޑުވެރިކަމާއި ކާބޯތަކެތި، ބޭންކިން ސަރވިސް، ޞިއްޙީ ދާއިރާ، އަދި އަތްތެރި މަސައްކަތާއި ގުޅުންހުރި ދާއިރާތަކެވެ. 

މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެޕްރޫވަލް ލިބޭ ފަރާތްތަކަށް އީރާނުގައި ތިން ރޭ ހިލޭ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

މައުރަޒުގައި ބައިވެރިވުމަށް [email protected] އަދި [email protected] އަށް އީމެއިލް ކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. 

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަންނަނީ ދިވެހި ވިޔަފާރިވެރިންނަށް ބޭރުގެ މާކެޓްތަކުން ފުރުސަތު ހުޅުވާލަމުންނެވެ. އެގޮތުން މިއަހަރު ތެރޭގައި ވެސް އެކި ގައުމުތަކުގައި ބާއްވާފައިވާ މައުރަޒުތަކުގައި ދިވެހި ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު