ENGLISH

05 ޖުލައި 2025

Advertisement

މެޑިކަލް ސްކޫލުގައި ކިޔަވާ 5 އިންސައްތަ ބޭރުގެ ކުދިންނަށް ހެދުމަކީ އަމާޒެއް: މިނިސްޓްރީ

26 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންތަކެއް. ފޮޓޯ: ސްކޫލް އޮފް މެޑިސިން

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މެޑިކަލް ސްކޫލުން ތަޢުލީމް ހާސިލުކުރާ 5 އިންސައްތަ ކުދިންނަކީ ބޭރުގެ ކުދިންނަށް ހެދުން ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒުގެ ސަރުކާރުން އެއް އަހަރުގެ ތެރޭގައި މީހުން ބިނާކުރަން އެތަކެއް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ. ތަޢުލީމު ހޯދުމަށް ރާއްޖެއިން ދަރިވަރުން ބޭރު ޤައުމުތަކަށް ދާގޮތަށް ރާއްޖޭގައި ވެސް ބޭރުގެ ދަރިވަރުންނަށް ކިޔެވޭނެ ނިޒާމެއް ފަހިކުރަން ޖެހޭނެ ކަމަށާއި ވަރަށް ގިނަ ޤައުމުތަކުގެ ދަރިވަރުން މިކަމަށް ޝައުޤުވެރިކަން ފާޅުކުރާ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

މިގޮތުން ޤައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުން ކިޔެވުމަށްޓަކައި އެއް ޤައުމަކުން 500 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ޑރ.ނަޒީރު ވިދާޅުވިއެވެ. އަދި ޖާގައިގެ ދަތިކަމުން އެ ފުރުސަތު އެކުދިންނަށް ނުދެވޭ ކަމަށެވެ.

ހުޅުމާލޭގައި އަޅާ މެޑިކަލް ސްކޫލްގެ ކުރެހުމެއް. ފޮޓޯ: އެމްއެންޔޫ

ނަމަވެސް ޖާގަ އިތުރުކޮށް އެކޮމޮޑޭޝަން ހަމަޖައްސަން ދަނާލުތައް ޤާއިމުކޮށް ސްޓޫޑެންޓް ވިސާ ފަސޭހައިން ދަރިވަރުންނަށް ލިބޭނެ ގޮތް ހެދުމަކީ މި ސަރުކާރުން މިހާރު އަމާޒު ހިފާފައިވާ ކަމެއް ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަމަށް އަމާޒުކޮށްގެން އިންޓަނޭޝަނަލް ވިސާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ފަހިކުރުމާއި، ހެސެޓޯރަލް ޤާނޫނެއް ވުޖޫދު ކުރުމާއި، ފަސޭހަކަމާއެކު އެކޮމޮޑޭޝަން ލިބޭނެ ގޮތް ފަހިގޮތް ހަމަޖެއްސުމަށްޓަކައި ހުޅުމާލޭގައި ދަނާލެއް އެޅުމާއި، މާލޭގައި 1 ދަނާލު އަތޮޅުގައި 5 ދަނާލު މީގެ ތެރެއިން 3 ރަށެއްގެ މަސައްކަތް ފަށާނެ ބަޖެޓް ކުރެވިފައި ވަނީ،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު