ENGLISH
02 ފެބްރުއަރީ 2026
ދެވަނަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލުގެ ކްލިނިކުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
22 ސެޕްޓެމްބަރު 2025
|
ހުޅުމލޭ ދެވަނަ ފިޔަވަހީގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކު، ފޮޓޯ: އެކްސް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުމާލޭ ހޮސްޕިޓަލުން ހިންގާ ޖެނެރަލް ޕްރެކްޓިސް ކުލިނިކުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަަރ (ސީއީއޯ) އަބްދުލްހަލީމް އަބްދުއްރައްޒާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގާ ހުޅުމަލޭ ހޮސްޕިޓަލުގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސްގެ ނިންމެވުމާ ގުޅިގެން 24 ގަޑިއިރު ހިދުމަތް ދިނުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް މިހާރު އެ ކްލިނިކުން 24 ގަޑިއިރު ހިދުމަތް ދޭން ފަށާނެކަމަށާއި، މިރެއިން ފެށިގެން އެ ކްލިނިކުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމުގައި ހަލީމް ވިދާޅުވިއެވެ.
ހަލީމު ވިދާޅުވި ގޮތުގައި ކުރިން އެ ކްލިނިކުގައި ހިދުމަތް ދެމުން އަންނަނީ އެންމެ ޝިފްޓަކަށެވެ. ނަމަވެސް ރައީސްގެ ނިންމެވުމާ ގުޅިގެން އެ ކްލިނިކުގައި ދެ ޝިފްޓަށް ހިދުމަތް ދިނުމަށް ނިންމާފައިވެއެވެ. އަދި މިހާރު ދެ ޝިފްޓަށް ހިދުމަތް ދޭން ފަށައި ހުކުރުދުވަސް ފިޔަވައި އެހެން ހުރިހައި ދުވަހެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭނެއެވެ.
އިތުރަށް ހަލީމު ވިދާޅުވެފައިވަނީ މިހާރު ގެނެވުނު ބަދަލާއެކު ހުޅުމާލާގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތައް ލިބޭނެ ކަމަށެވެ. އަދި އެ ފިޔަވަޅާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އުންމީދާއި ހިތްހަމަޖެހުމާއި އިތުބާރު ހުރި ސިއްހީ ފަރުވާ ގާތުން ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.