ENGLISH
02 ފެބްރުއަރީ 2026
ރައީސް، ނާލާފުށީގެ އިސްވެރީންނާއި ބައްދަލުކުރައްވައިފި
22 ސެޕްޓެމްބަރު 2025
|
ރައީސް، ނާލާފުށީގެ އިސްވެރީންނާއި ބައްދަލުކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ނާލާފުށި ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މުލަކަތޮޅު ނާލާފުށި ސުކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ އެވެ. މިބައްދަލުވުމުގައި ކައުސިލުން ވަނީ، ބަނދަރު އަޕްގުރޭޑްކުރުމާއި ފެނާއި ނަރުދާމާގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
އަދި ރަށުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް އިތުރުކޮށްދެއްވުމާއި ރަށުގެ ރައްޔިތުން ޕިކްނިކް ދާނެރަށެއް ބޭނުންވާކަންވެސް ފާހަގަކުރެއްވި އެވެ. މީގެއިތުރުން ކައުންސިލުން ވަނީ، ކޯޒްވޭގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނެރޭޓަރެއްގެ މުހިންމުކަމާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފަ އެވެ.