ENGLISH
02 ނޮވެމްބަރު 2025
ނިމުނު ހަފުތާގައި މުދާ ކްލިއާކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ
22 ސެޕްޓެމްބަރު 2025
|
މާލޭ ވިޔަފާރި ބަނދަރުގައި މުދާ ކޮންޓެއިނަރުތަކެއް ބަރާކޮށް ބާލަނީ
ފާއިތުވި ހަފުތާގައި މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްއިން އަންނަނީ ކޮންމެ ހަފުތާއެއް ނިމުމުން އެ ހަފުތާއެއްގައި ކްލިއާކުރި މުދަލުގެ ތަފާސްހިސާބު އާއްމުކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ފާއިތުވި ހަފުތާގއި 1،540 ޓީއީޔޫ (20 ފޫޓުގެ ކޮންޓެއިނަރ)އާ އެއްވަރަށް މުދާ ކްލިއާކުރިއެވެ.
އެމްޕީއެލްގެ ހިސާބުތަކަަށް ބަލާއިރު ފާއިތުވި ހަފުތާ 1،540 ޓީއީޔޫ ކްލިއާކުރި ނަމަވެސް އޭގެ ކުރީ ހަފުތާގައި ކްލިއާކުރީ 1،359 ޓީއީޔޫގެ މުދަލެވެ.
މި ހަފުތާ ޖުމްލަ 1،540 ޓީއީޔޫގެ ތެރެއިން 500 ޓީއީޔޫއަކީ 20 ފޫޓުގެ ކޮންޓެއިނަރެވެ. އަދި 540 ޓީއީޔޫއަކީ 40 ފޫޓުގެ ކޮންޓެއިނަރެވެ. ބާކީ 500 ޓީއީޔޫއަކީ ޕެރިޝަބަލް ހިމެނޭ ޕެކޭޖުތައް ކަމުގައި އެމްޕީއެލްއިން ބުނެފައިވެއެވެ.
ކްލިއާކުރި 500 ޕެރިޝަބުލް ޕެކޭޖްގެ ތެރޭގައި 14،061 ކޭސް ބިހާއި 7،749 ބަސްތާ ފިޔާ އާއި 7،785 ބަސްތާ ކަރަލާއި 5،244 ކޭސް އަލުއްވާއި 5،243 ކޭސް ޓޮމާޓޯ އާއި 3،647 ކޭސް އަލަނާސި އާއި 3،518 ބަސްތާ ކެބެޖާއި 2،805 ގަނޑު ދޮންކޭލާއި 989 ބަސްތާ ބަަރަބޯ އާއި 1،144 ބަސްތާ ސްވީޓްމެލަން ހިމެނެ އެެވެ.
މުދާ ކްލިއާ ކުރާ މިންވަރު އިތުރުވިއިރު ތަރުކާރީއާއި މޭވާ ހިމެނޭހެން 23 ބާވަތެއްގެ މުދަލަކީ އަސާސީ މުދާކަމަށް ކަނޑައަޅައި އެ މުދަ ބާޒާރުން މަދުނުވާނެހެން އެތެރެކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިންވަނީ ފަށާފައެވެ.