ENGLISH

02 ނޮވެމްބަރު 2025

Advertisement

ދިއްގަރަށް އޮތީ ގެދޮރުވެރިކަމުގެ ގޮތުން މުހިންމު ދުވަސްތަކެއް: ރައީސް

22 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިއްގަރުގައި ވާހަކަފުޅު ދައްކަވަނީ --

ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން މ. ދިއްގަރުގެ ތަރައްގީއަށް، އަދި އާބާދީ އެއްފަސްކުރުމަށް ވެސް މުހިންމު ދުވަސްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މ. ދިއްގަރަށް މިއަދު ހެނދުނު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން އެ ރަށަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހިންގޭ ހައުސިންގް މަޝްރޫޢުތަކުގެ ތެރެއިން ފުރަތަމަ މަޝްރޫޢުގެ ގޮތުގައި، 75 ހައުސިންގް ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީޯ މި މަޝްރޫޢު ނިމުމުގެ ކުރިން، އިތުރު 75 ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ގަސްތުކުރައްވާ ކަމަށެވެ. އަދި އެކަމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތައް، ކަމާ ގުޅުންހުރި ފަރާތްތަކުން މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ދިއްގަރު ބަނދަރުގެ މައްސަލައަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ޖާގައިގެ ގޮތުންނާއި، މަރާމާތުގެ ގޮތުން ބަނދަރު އަޕްގްރޭޑްކުރަންޖެހިފައި އޮތްކަން ފާހަގަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިމަޝްރޫޢު ހިންގަވައިދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

އަދި ދިއްގަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، މަލްޓިޕަރޕަސްހޯލަކާއެކު ނުވަ ކުލާސްރޫމް ހިމެނޭހެން އިތުރު އިމާރާތެއް ތަރައްގީ ކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންގޮސްދެއްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު