ENGLISH

02 ނޮވެމްބަރު 2025

Advertisement

ފަލަސްތީނުގެ ދައުލަތް ބަލައިގަތް ގައުމުތަކަށް ރާއްޖޭން މަރުހަބާ ކިޔައިފި

22 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ގަތަރުގައި ސެޕްޓެމްބަރު މަހު ކުރިއަށްދިޔަ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމުމުން ތިން ގައުމަކަށް ރާއްޖޭން މަރުހަބާ ކިޔައިފިއެވެ. 

ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ދާދިފަހުން ނިންމީ އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިންނެވެ. 

ޚާރިޖީ ވުޒާރާއިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ އެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމުމާއެކު މަރުހަބާ ކިޔާ ކަމަށެވެ. ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމުގައި ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.  

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ، ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިނުވާ ގައުމުތަކުން ވެސް އެގައުމުގެ ރައްޔިތުންގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. 

ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ އިލްތިމާސް ކުރައްވާފައެވެ. 

ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަބަދުވެސް ގަދަ އަޑެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އެ އަޑު ބައިނަލްއަޤްވާމީ ދުނިޔޭގައި ވަނީ އިތުރަށް ގަދަ ކުރައްވާފައެވެ. ބައިނަަލްއަޤްވާމީ މުހިންްމު ކޮންމެ ޕްލެޓްފޯމެއްގައި ހެން އެމަނިކުފާނު ގެންދަވަނީ އެ ވާހަކަފުޅުތައް ތަކުރާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު