ENGLISH

02 ނޮވެމްބަރު 2025

Advertisement

ހއ. ދިއްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އާރްޑީސީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފް އެވެ.

ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އާރްޑީސީ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއްލަތީފް މުޙައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. 

ދިއްދޫގައި މިހާރު ހުރީ ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ގާއިމްކޮށްފައިވާ ޒުވާނުންގެ މަރުކަޒެކެވެ. އާ ފިޓްނެސް ސެންޓަރާ އެކު، ދިއްދޫގެ ޒުވާނުންނާއި އެކި އުމުރުފުރާތަކުގެ މީހުން ކަސްރަތު ކުރުމާއި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.

ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އާރްޑީސީ

ކިޔުންތެރިންގެ ހިޔާލު