ENGLISH
02 ނޮވެމްބަރު 2025
މުލަކު ބަނދަރު ބޮޑުކޮށް ނެރު ޤާއިމުކުރުމާއި ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފި
21 ސެޕްޓެމްބަރު 2025
|
މުލަކުގެ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުން --
މ. މުލަކުގައި މުހިންމު ދެ މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށަައިފި އެވެ.
އެ ގޮތުން މުލަކު ބަނދަރު ބޮޑުކޮށް ނެރު ޤާއިމުކުރުމާއި ފުލުހުންގެ މަރުކަޒުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ފެށުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ރަށަށް ވަޑައިގެންނެވެެ.
މި ދެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މުލަކު ބަނދަރު ބޮޑުކޮށް ނެރު ޤާއިމުކުރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
މުލަކުގެ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރުޑީސީއާ އެވެ.
ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން، މުލަކު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނައުފަލް، ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މުލަކު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ވެސް ބައިވެރިވެވަޑައިގަތެވެ.