ENGLISH
11 އޭޕްރީލު 2025
ރޮނާލްޑޯއަށް ގުޅީ ކެއުމަކަށް ދައުވަތު ދޭން: މޮރީނިއޯ
26 ނޮވެމްބަރު 2024
|
މޮރީނިއޯ އަދި ރޮނާލްޑޯ
ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފޯނުކުރީ ކެއުމަކަށް ދައުވަތު ދޭން ކަމަށް ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ މި މޭރުމުން ވާހަކަ ދެއްކި އިރު އޭނާ ކޯޗުކޮށްދޭ ތުރުކީގެ ފެނަބާޗޭ އަށް ރޮނާލްޑޯ ބަދަލުވެދާނެ ކަމަށް ބުނާ ރިޕޯޓްތަކެއް ވަނީ ފެތުރިފައެވެ.
ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅޭ ރޮނާލްޑޯ ވަނީ 80 މެޗުން 69 ގޯލު ޖަހައިފައެވެ.
އުމުރުން 39 އަހަރުގެ ފޯވާޑްގެ ކޮންޓްރެކްޓް އަންނަ ސެޕްޓޭމްބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް ކެރިއަރުގައި 1،000 ގޯލް ޖެހުމަށް އަމާޒު ހިފާފައިވާތީ އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ.
މި ހަފްތާގައި އާއްމުވި ބައެއް ރިޕޯޓްތައް ބުނި ގޮތުގައި މޮރީނިއޯ ރޮނާލްޑޯއަށް ފޯނުން ގުޅުމަށް ފަހު ފެނަބާޗީއާ ގުޅެން އެދުނެވެ.
ރޮނާލްޑޯ
"ކްރިސްޓިއާނޯ އަށް އިސްތަންބޫލް އަށް ކެއުމަކަށް އާދެވިދާނެ. ސަބަބަކީ އިސްތަންބޫލް އޮންނަނީ ސައުދީ އަރަބިއްޔާ އާއި ޕޯޗުގަލްއާ ދެމެދު ދަތުރުކުރާ މަގުގެ މެދުތެރޭ ކަމަށްވާތީ. ނުވަތަ ފަހަރެއްގައި އޭނާގެ ކުރީގެ އެކުވެރިޔާ ހޯސޭ ބައްދަލުކޮށްލަން ވެސް އާދެވިދާނެ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ވަނީ ރެއާލް މެޑްރިޑުގައި 2010 އިން 2013 އަށް ރޮނާލްޑޯއަށް ކޯޗުކޮށްދީފައެވެ.
އަންނަ ފެބްރުއަރީ މަހު 40 އަހަރު ފުރޭ ރޮނާލްޑޯގެ ކްލަބު އަދި ބައިނަލްއަގުވާމީ ކެރިއަރަށް އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ 911 ވަނަ ލަނޑު ޖެހީ އަލް ނަޞްރު އަމިއްލަ ދަނޑުގައި އަލް ޤަދްސިއާ އަތުން 2-1 އިން މިދިޔަ ހުކުރު ދުވަހު ބަލިވި މެޗުގައެވެ.
ރޮނާލްޑޯ ބުނެފައި ވަނީ އޭނާ އަށް ފުޓުބޯޅަ ރަނގަޅަށް ކުޅެވޭ ނަމަ ރިޓަޔާ ކުރަން ނުވިސްނާ ކަމަށެވެ.