ENGLISH
05 ސެޕްޓެމްބަރު 2025
ތަދުކަނޑުވާ ދެ ބޭހެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި
26 ނޮވެމްބަރު 2024
|
ރިހުން ކަނޑުވަން ބޭނުންކުރާ ދެ ބޭހެއް ވިއްކުމާ ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
ރާއްޖޭގައި މިހާރު ވިއްކަމުންދާ ދެ ބޭހަކުން ނުރައްކާތެރި ކެމިކަލް ގެ މާއްދާއެއް ކަމަށްވާ ޑައިތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) އަށް ޕޮޒިޓިވްވެފައިވާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެކަމާ ގުޅިގެން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް އަދި އީތައިލިން ގްލައިކޯލް ފެނިފައިވަނީ ޕާކިސްތާނުން އުފައްދައި މެފްނެކް ސަސްޕެންޝަންގެ 50 މިލިގްރާމް (މެފެނަމިކް އެސިޑް) އަދި މެލޭޝިއާގައި އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން 125 މިލިގްރާމް (މެފެނެމިކް އެސިޑް)އިން ކަމަށެވެ.
އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި އެ ދެ ބޭހުގެ ކޮންފާމެޓްރީ ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ކެމިކަލް ފެނިފައިވާ ދެބޭހުގެ ކޮންފާމެޓްރީ ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް (އެމްއެފްޑީއޭ) އިން ބުނެފައިވެއެވެ.
އެމްއެފްޑީއޭ އިން ވިދާޅުވީ ރާއްޖޭގެ މާކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި އެ އޮތޯރިޓީން ގިނަގުނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.