ENGLISH

11 އޭޕްރީލު 2025

Advertisement

ކުޅިވަރުގެ ގާނޫނު އިސްލާހު ކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

26 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ހއ.ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުމާ ބެހޭ ބިލެއް، ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 54 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ ހއ.ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދެވެ.

މި ބިލު ހުށަހަޅުއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އަބްދުލް ލަތީފް ވިދާޅުވީ މި ބިލަކީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި މަސައްކަތްކުރާ މީހުންނަށް ލިބިގެންދާ ފޮނިފޮނި އުއްމީދެއް ކަމަށެވެ. ކުރީ ސަރުކާރުން ވަނީ ކުޅިވަރަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.

އަދި ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މި ޤައުމަށް ކުޅިވަރުން ލާބަޔާއި މަންފާ ހޯދައި ދިނުން ކަމަށް މެމްބަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ކުޅިވަރު އެންމެ މަތީ ހަރުފަތާ ހަމަޔަށް ގެންދާނެ ސަރުކާރު ކަމަށެވެ.

މި ބިލާމެދު މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު