ENGLISH

13 މާރިޗު 2026

Advertisement

ފަސްޓް ލޭޑީ، ކޮންގްރެސް ޕާޓީގެ ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ ހުޅުއްވައިދެއްވައިފި

12 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުމާލޭ ޖަގަހަ ހުޅުއްވައިދެއްވަނީ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ހުޅުމާލޭ ދެކުނު ދާއިރާގެ ޖަގަހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުޅުއްވައިދެއްވައިފިއެވެ.

މިރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި އެ ޕާޓީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އަދި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮންގްރެސް ޕާޓީން އަންނަނީ 4 އޭޕްރީލުގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި ސިޓީތަކާއި އަތޮޅުތެރޭގެ ހުރިހާ ރަށްރަށެއްގައި ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން މާލޭގެ ދާއިރާތަކާއި އެހެނިހެން ސިޓީތަކާއި ރަށްރަށުގައި އެ ޕާޓީގެ ޖަގަހަތައް ގާއިމުކޮށް އެތަންތަނުގައި އެކި ހަރަކާތްތައް ހިންގަމުންދެއެވެ.

މާލޭގައި ބޭއްވޭ އެންމެ ފޯރިގަދަ ކެމްޕެއިން ހަރަކާތް، ޑޯޓުޑޯ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު