ENGLISH
05 ޖުލައި 2025
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގެސްޓް ހައުސް އެސޯސިއޭޝަނުން ދެކޮޅު
26 ނޮވެމްބަރު 2024
|
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ތާއިދުނުކުރާ ކަމަށް ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ބުނެފި އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ބޭފުޅުންނާ ބައްދަލުކޮށްފައިވެ އެވެ.
އެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން ބުނީ އިޒްރޭލަކީ ގިނަ އަދަދެއްގެ މުސްލިމުން ވެސް އުޅޭ ގައުމަކަށްވާއިރު ޕާސްޕޯޓު މަނާކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"އިޒްރޭލަކީ ޑުއަލް ޕާސްޕޯޓު ގެންގުޅޭ ގައުމެއް ވީމާ އަޅުގަނޑުމެންގެ ސްޓޭންޑަކީ އެއްވެސް ވަރަކަށް ތާއީދެއް ނުކުރަން. އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭން ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން،"
އެ ކޮމިޓީގައި އެސޯސިއޭޝަނުގެ މެންބަރަކު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން އޭގެ ސަބަބުން ނޭދެވޭ ނަތީޖާ ނިކުމެދާނެ ކަމަށެވެ. އޮންލައިން ޕްލެޓްފޯމްތަކުގެ މޭޖަ ޝެއާހޯލްޑިން އޮންނަނީ ޔަހޫދީ ދައުލަަތަށް ނިސްބަތްވާ ބައެއްގެ އަތުގައި އެމީހުން ފާހަގަކުރީ ކަންބޮޑުވުމާއެކުގައެވެ.