ENGLISH
17 ސެޕްޓެމްބަރު 2025
މަޝްއަރު ގްރޫޕުގެ ވެރިޔާ ތިން އަހަރަށް ޖަލަށް، ގެއްލުމުގެ ބަދަލަށް 26،000 ޑޮލަރު
17 ސެޕްޓެމްބަރު 2025
|
މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް
މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފި އެވެ.
އޭނާގެ މައްޗަށް މި ޙުކުމް އައީ އޭނާ ހިންގާ ޢުމްރާ ގުރޫޕްގެ ހަވާލުގައި ބަޔަކު ޢުމްރާއަށް ގެންގޮސް އެ މީހުންނަށް ރާއްޖެ ނާދެވި ސަަޢުދީގައި ތާށިވި މައްސަލާގައި އެވެ. މަޝްއަރު ގްރޫޕު 56 މީހަކު ޢުމްރާއަށް ގެންދިޔަ ނަމަވެސް 48 މީހަކަށް ރާއްޖެ ނާދެވި ތާށިވި އެވެ.
އެ މީހުން އަތުން ދެކޮޅު ޓިކެޓަށް ފައިސާ ނެގުމަށް ފަހު ޓިކެޓް ނެގުމަށް އޭސް އޭވިއޭޝަން ސާވިސްއަށް މަޝްއަރު ގްރޫޕުން ދޫކުރި ފަސް ލައްކައަށްވުރެ ގިނަ ރުފިޔާގެ ދެ ޗެކް ބައުސްވި އެވެ. އެހެން ކަމުން ޢުމްރާވެރީންނަށް މާލެ ނާދެވި ހާލުގައި ޖެހުނެވެ.
މި މައްސަލާގައި ދިފާޢުގައި ފާރިޝް ވާހަކަ ދެއްކި އެވެ. އޭނާ ބުނީ ޗެކްތައް ބައުސް ވުމުން ފައިސާ ދައްކަން އިތުުރު ފުރުސަތަށް އެދި އެއްލައްކަ ރުފިޔާ ދެއްކި ކަމަށެވެ.
ނަމަވެސް ކޯޓުން ނިންމީ އެ މައްސަލަ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެން ކަމުން ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް އޭސް ޓެރްވަލްސްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ދެއްކުމަށް ވަނީ ޙުކުމް ކޮށްފަ އެވެ.