ENGLISH
05 ޖުލައި 2025
ފާޑުކިއުން އަމާޒުވެފައިވާ މީޑިއާ ބިލު އަނބުރާ ގެންގޮސްފި
26 ނޮވެމްބަރު 2024
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ / ފޮޓޯ: ރައްޔިތުން މަޖިލީސް
ކަންބޮޑުވުން އުފެދިފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް އަނބުރާ ގެންގޮސްފި އެވެ.
މީޑިއާ ކައުންސިލާ ބޮރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލުމަށްފަހު، މީޑިއާ އެންޑް ބްރޯޑް ކާސްޓިން ކޮމިޝަނުގެ ނަމުގައި ވަކި ކޮމިޝަނެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު މަޖިލީހަށް ބިލު ހުށަހެޅުމާއެކު މީޑިއާއިންވަނީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލުމުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަންބޮޑުވުންތައް ގެނެސްފަ އެވެ.
ސަރުކާރަށް އެއްއަހަރު ފުރުމާ ގުޅިގެން ނޮވެމްބަރު 17ވަނަ ދުވަހުގެ ރޭ ބޭއްވި "ހަފްތާ 52" ގެ ރަސްމިއްޔާތުގައި، މިނިވަން މެމްބަރު ރައްޔިތުން މަޖިލީހަށް ހުށަހެޅި މީޑިއާ ބިލާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ؛ "މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ އަޅުގަނޑު ޤަބޫލުކުރާ ސިޔާސަތުތަކެއް ހުރި ބިލެއް ނޫން. އަޅުގަނޑެއް ނޫޅެން މީޑިއާތައް ކޮންޓްރޯލް ކުރާ ހިތަކުންނެއް. އަޅުގަނޑަކީ މީޑިއާތައް ކޮންޓްރޯލް ކުރަން އުޅޭ މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަން ދޭން."
މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީހުގެ 54ވަނަ ޖަލްސާގައި، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ނޮވެމްބަރ 13ވަނަ ދުވަހު ބޭއްވުނު ރައްޔިތުން މަޖިލީހުގެ 49ވަނަ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ މޯލްޑިވަސް މީޑިއާ ކޮމިޝަނުގެ ބިލް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 101 މާއްދާގައިވާ ގޮތުގެ މަތިން 19 ނޮވެމްބަރު ގައި އެ ބިލު ހުށަހެޅި މެންބަރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.