ENGLISH

10 އޭޕްރީލު 2025

Advertisement

ވިނީގެ އަނިޔާގެ ސަބަބުން ލިވަޕޫލު މެޗު ގެއްލިއްޖެ

26 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ވިނިޝިއުސް ޖޫނިއާ

ރެއާލް މެޑްރިޑްގެ ފޯވާޑް ވިނިޝިއުސް ޖޫނިއާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.

ލަ ލީގާގައި ރެއާލް މެޑްރިޑް ރޭ ލެގަނޭސް އަތުން 3-0 އިން މޮޅުވި މެޗުގައި ބްރެޒިލްގެ ޒުވާން ވިނީ ކުޅުނެވެ.

ޗެމްޕިއަންސް ލީގުގެ 36 ޓީމުގެ ތެރެއިން 18 ވަނައިގައި އޮތް މެޑްރިޑް އެންފީލްޑަށް މިއަދު ދަތުރުކޮށް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެކޮޅަށް ނުކުންނާނެއެވެ. އިންގްލޭންޑްގެ އެންފީލްޑްގައި ކުޅޭ މި މެޗު ވިނިޝިއަސް ޖޫނިއާ އަށް ގެއްލުނީ ކަނާތު ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ މާކާ އެކްސްޓަރނަލް އިން ރިޕޯޓުކުރާ ގޮތުގައި ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ގާތްގަނޑަކަށް ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމަށާއި ނަމަވެސް އަނިޔާގެ ބޮޑުކަމާ ބެހޭ ގޮތުން ރެއަލް މެޑްރިޑުގެ ފަރާތުން ބަހެއް ލިބިފައި ނުވާ ކަމަށެވެ.  

ސައުތެމްޓަންއާ ދެކޮޅަށް އާދިއްތަ ދުވަހު ލިވަޕޫލް ކުޅުނު މެޗު ވަނީ 3-2 އިން ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު