ENGLISH

16 ސެޕްޓެމްބަރު 2025

Advertisement

ހަމަނުޖެހުން ހިންގަން އިތުރަށް ފުުރުސަތު ނުދޭން މަޖިލީސް ޤަވާއިދު އިސްލާހު ކުރަނީ

16 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލްވުންތަކުގައި ހަމަނުޖެހުން ހިންގަން އެއްވެސް ފުުރުސަތު ނުދިނުމަށާއި މެންބަރުންގެ މަސައްކަތަށް ހުރަސް ކުރިމަތިވުމުގެ ފުރުސަތު ނުދޭން މަޖިލީހުގެ ޤަވާއިދު އިސްލާހު ކުރަން ނިންމައިފި އެވެ.

އެކަން މަޖިލީހުގެ އިދާރާއިން މިރޭ ވަނީ ހާމަކޮށްފަ އެވެ. ދައުރުން ބޭރުން މިއަދު ރޭ ބޭއްވި ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ މި ފަހުން އޮތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތައްޔާރުކޮށްފައިވާ ރިޕޯޓެއް މަޖިލީހުގެ ރިޔާސަތަށް ލިބިފައިވާ ކަމަށެވެ.

އެއީ އެ ދުވަހު ކޮމެޓީގައި ބައެއް ނޫސްވެރީން އަޑުގަދަކޮށް ހެދި މައްސަލަ އެވެ. ނާޒިމް ވިދާޅުވީ  އެ ރިޕޯޓް ރިޔާސަތުން އާންމު ކޮމެޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ މަޖިލީހުގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުުރުމުގެ ފުރުސަތު ނުދިނުމަށާއި މެންބަރުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ދެން ކަމެއް ވުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެހެމާނުން ގޮތުގައި ހާޒިރުވާ މީހުން އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅާ އެ އުސޫލާއި ޚިލާފުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތައް ކަނޑައަޅަން އެދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު