ENGLISH

05 ޖުލައި 2025

Advertisement

ޕޯޓް ކޮމްޕްލެކްސް ބިމުގައި އެމްޕީއެލުން 25 ބުރީގެ އިމާރާތެއް އަޅަނީ

26 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް

ޕޯޓް ކޮމްޕްލެކްސް ހުރި ބިމުގައި 25 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމާފައިވާ ކަމަށް  އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ތެރޭގައި ފެށޭނެއެވެ. 

މި އިމާރާތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ  ލަގްޒަރީ އެޕާޓްމަންޓްތަކާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިވާނެ ގޮތަށް ކަމަށާއި އަދި އެ އިމާރާތް ތަރައްޤީ ކުރާނީ ޕާކު ކުރެވޭނެ ޖާގަތަކާއެކު ކަމަށާއި އެކި ފަންގިފިލާތައް ޕާކިންނަށް ޚާއްސަ ކުރާނެ ކަންވެސް ވަޖީހު ވިދާޅުވިއެވެ.

"މި މަސައްކަތާއެކު އެމްޕީއެލް ވެގެންދާނީ ރާއްޖޭގައި މި ހުރި ކުންފުނިތަކުގެ ތެރެއިން އާމްދަނީ އެންމެ ގިނައިން ލިބޭނެ ކުންފުންޏަކަށް. އިރާދަކުރެއްވިއްޔާ މިކަން ހާސިލްކުރެވޭނެ" - އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް

މީގެއިތުރުން އަންނަ އަހަރު އެމްޕީއެލްގެ ފަރާތުން އިސްކަން ދީގެން ގިނަ ކަންކަން ކުރުމަށް ހަމަޖެހިފައިވާކަން އޭނާ ވިދާޅުވިއެވެ.

އޭގެތެރޭގައި ވިޔަފާރި ބަނދަރުތައް ތަރައްޤީ ކުރުމަށްޓަކައި މަސައްކަތް ކުރެވޭނެ ކަމަސް ވިދާޅުވިއެވެ. އެގޮތުން މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އަންނަ އަހަރު ތެރޭގައި ކުރާނެ ކަމަށާއި ލ.އަތޮޅުގައި މެރިޓައިމްގެ ހަރަކާތްތަކެއް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫ އާއި ކުދުދުއްފުށީ ސިޓީގެ ޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު