ENGLISH

16 ސެޕްޓެމްބަރު 2025

Advertisement

ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ޕާކިސްތާނަށް ފުރާވަޑައިގެންފި

16 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސާއެކު ޕާކިސްތާނަށް ވަޑައިގެންނެވި މެންބަރުން، ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ. 

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި އަބްދުއްރަހީމުގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ މެންބަރުންގެ ތެރެއިން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ބައިވެރިވެވަޑައިގަންނަވަައެވެ. އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދާއި ހުޅުމާލޭ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުން މަޖިލީހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު