ENGLISH

03 ނޮވެމްބަރު 2025

Advertisement

އެސްޑީއެފްސީގެ އޮޕަރޭޝަންސް ޑިރެކްޓަރުކަމަށް ފާރިހަތު އައްޔަންކޮށްފި

16 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެސްޑީއެފްސީގެ ނަން ބޯޑު

އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ފާރިހަތު ވަހީދު އައްޔަންކުރިކަން ބޭންކް އޮފް މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ. 

އެސްޑީއެފްސީގެ އޮަޕަރޭޝަންސް ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އިދާރީ ކަންކަމާއި، ޕްރޮކިއުމެންޓާއި، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިން އަދި ވިޔަފާރި ތަރައްގީކުރުމާއި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓުމެންޓުތައް ހިންގަވާނީ ފާރިހަތުއެވެ. 

ފާރިހަތަކީ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑު ނެޓްވާކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސްގެ މަގާމު އަދާކުރެއްވީ ބޭފުޅެކެވެ. އަދި އޭނާއަކީ ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. 

އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑް ޕޭމަންޓްސް އެންޑް ގަވަނެންސް އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ފަދަ އިސް މަގާމުތައް އަދާކުރެއްވިއެވެ. 

"އަޅުގަނޑުމެންގެ ލީޑަރޝިޕް ޓީމާ ފާރިހަތު ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވަން." އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ. "ފައިނޭންޝަލް ސަރވިސަސް، ސްޓްރެޓެޖިކް ޗޭންޖް މެނޭޖްމަންޓް، އަދި މުހިންމު ޕާޓްނަރޝިޕްތައް ބެލެހެއްޓުމުގައި ފާރިހަތު ހޯއްދަވާފައިވާ ތަޖުރިބާ، އަޅުގަނޑުމެންގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް އަޅުގަނޑު ގަބޫލުކުރަން."

ފާރިހަތުވަނީ މޮނާޝް ޔުނިވަސިޓީ މެލޭޝިޔާއިން މާސްޓަރ އޮފް އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވައި، އޭޝިއަން އިންސްޓިޓޫޓް އޮފް ޗާޓަޑް ބޭންކަރަސްއިން ޗާޓާޑް ބޭންކަރ ޕްރޮފެޝަންވެސް ހާސިލުކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު