ENGLISH
05 ޖުލައި 2025
ވ.ރަކީދޫގައި ޖަނެރޭޓަރު ހިންގަނީ ދުވާލު ދެ ގަޑިއިރަށް، ބާކީ އިޔާދަކުރަނިވި ހަކަތައިން: އެމްޑީ ފަހުމީ
26 ނޮވެމްބަރު 2024
|
ވ. އަތޮޅު ރަކީދޫގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސް ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވ. ރަކީދޫއަކީ އިއާދަކުރަނިވި ހަކަތައިގައި ކުރިއަރަމުން އަންނަ ރަށެއް ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ
ފަހުމީ ވިދާޅުވި ގޮތުގައި ރަކީދޫއަށް ކަރަންޓުގެ ޙިދުމަތް މިހާރު ފޯރުކޮށްދެނީ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމް ބޭނުންކޮށްގެންނެވެ. އެހެންކަމުން މިހާރު ދުވާލަކު އެންމެ ދެ ގަޑިއިރު ޖަނަރޭޓަރު ހިންގާއިރު ބާކީ ހަކަތަ އުފައްދަނީ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ބޭނުންކޮށްގެން ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ 33 އިންސައްތަ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ހަކަތަައިގެ ލަނޑުދަނޑިތައް ކުރިއެރުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.