ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

ގަތަރުގެ އަމީރު, ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

15 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ގަތަރުގެ އަމީރާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުން --

ގަތަރު އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް ޘާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބައްދަލްވުމުގައި ދާދިފަހުން އިސްރާއީލުން ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރި ކުރެއްވި ކަަމަށެވެ. އަދި ރާއްޖެ އޮތީ ގަތަރާއެކު ކަން ހާމަކުރެއްވި ކަމަށެވެ.

އަދި ސުލްހައާ ހަމަޖެހުން ދެމެހެއްޓުމުގައި ގަތަރުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުުރުން އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓަކަށް ގޮވާލާ ގަތަރުން ދައްކަމުންދާ ލީޑަޝިޕަށް ތައުރީފު ކުރައްވާ ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގަތަރު ދެމިއޮތް އޮތުން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއަށް ގަތަރުގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު