ENGLISH
15 ސެޕްޓެމްބަރު 2025
ވަޒީރު ޠާރިޤާއި ކުރީގެ ވަޒީރު މުޖްތަބާގެ ބައްދަލްވުމެއް
15 ސެޕްޓެމްބަރު 2025
|
ވަޒީރު ޠާރިޤާއި ކުރީގެ ވަޒީރު މުޖްތަބާގެ ބައްދަލްކުރެއްވުން --
ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަޙްމަދު މުޖުތަބާއާ ބައްދަލުކުރައްވައި،މަޝްވަރާ ކުރައްވައިފި އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ބައްދަލްވުމުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއަރަމުންދާ މިސްރާބާއި މުސްތަޤުބަލަށްޓަކައި ގެންގުޅުއްވާ ޚިޔާލުފުޅުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މިހާރު އަންނަމުންދާ ބަދަލުތަކާއި، ކުރިމަގުގައި އެ ދާއިރާ އަށް އަންނާނެ ކުރިއެރުންތަކާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކުރުމެވެ. ވަޒީރު ޠާރިޤާއި މުޖުތަބާ ވަނީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު ކުރިއަރަމުން އަންނަ ގޮތާއި، މުސްތަޤުބަލުގައި މި ދާއިރާއަށް އަންނާނެ ބަދަލުތަކާއި، މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުންކޮށް މަޝްވަރާކުރައްވައިފަ އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ދެފަރާތުގެ ވިސްނުންތައް އެއްގޮތްކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލައްވާފަ އެވެ. މިފަދަ ބައްދަލުވުންތަކަކީ ދާއިރާގެ ކުރީގެ ތަޖުރިބާކާރުންނާއި މިހާރުގެ އިސްވެރިންނާ ދެމެދު ގުޅުން ބަދަހިކޮށް، ގައުމީ މަސްލަހަތު ރައްކާތެރިކުރުމަށް ވަރަށް މުހިންމު ކަންކަމެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަ ކުރައްވަ އެވެ.