ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

ހުޅުމާލެ ދެ ފޭސް ގުޅޭ ސަރަޙައްދު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި

15 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ދެ ފޭސް ގުޅޭ ސަރަޙައްދު --

ހުޅުމާލެ ދެ ފޭސް ގުޅޭ ސަރަޙައްދު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލެ ދެ ފޭސް ގުޅޭ ސަރަޙައްދުގެ ޗެނަލަކީ ކުޑަކުދީންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަޙައްދެއް ކަމަށެވެ. މި ސަރަޙައްދަކީ އެ ކޯޕަރޭޝަނުން ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދެއް ކަމަށެވެ.

އެހެން ކަމުން އެ ސަރަޙައްދުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މޫދަށް އެރޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަށް ވާތީ އަދި މުރައްކަ އިންދާ އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް ދަތިވާ ކަމަށްވާތީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ސަރަޙައްދުގައި އިންޖީނުލީ އުޅަނދު ފަހަތު ދުއްވުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅާފައިވާ ކަަމަށެވެ.

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ އެފަދަ އެންގުންތަކަށް އާންމުންގެ ފަރާތުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

ހުޅުމާލެ ދެ ފޭސް ގުޅޭ ސަރަޙައްދު މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ އެ ސަރަޙައްދު ބޭނުންކުރާ އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު