ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

15 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ފާސްކުރުމަށް 64 މެންބަރުން ވޯޓުދެއްވިއެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ 12 މެންބަރުންނެވެ. ބިލް ފާސްކުރަން ތަޅުމަށް ހުށަހެޅީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލް ދިރާސާކުރުމަށްފަހު ނިންމި ރިޕޯޓަށް ފަހު އެވެ. 

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. 

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އާއްމުންގެ ހިޔާލު ހޯދަންޖެހޭ ކަންކަމާއި އެނޫންވެސް އާއްމުންގެ ހިޔާލު ހޯދަަން ބޭނުންވާ ކަންކަމުގައި ހިޔާލު ހޯދުމަށް ނަގަންޖެހޭ ރެފެރަންޑަމްތައް ނެގުމުގެ ނިޒާމު ބަޔާންކުރާ ބިލެކެވެ.

މަޖިލީހުގެ ގަރާރަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ގަރާރަކުން ނިންމައިގެން އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭނީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަމަށް އެ ބިލުގައި ބަޔާންކުރެއެވެ. އަދި ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލުގެ އިބާރާތް އެ ވޯޓު ނެގުމަށް ހުށަހަޅާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެކުލަވައިލާ އާއްމުކުރަންޖެހޭނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު