ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

އަަންހެނުންނާއި ޒުވާނުން ތަމްސީލުވާ މިންވަރު އިތުރުކުރުމުގެ މަސައްކަތުގައި ދެމިތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި

15 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ކަންކަން ނިންމުމުގައި އަންހެނުންނާއި ޒުވާނުން ތަމްސީލުކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތުގައި ދެމިތިބުމަށް އަޒުމް އައުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. 

މިއަދު ފާހަގަކުރާ ޑިމޮކްރަސީގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޒުވާނުންނާއި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް ކުރާ މަސައްކަތުގައި ދެމިތިބުމުގެ އަޒުމު އައުކުރަންޖެހޭ ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވީ އެގޮތަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުމާއި، އެމީހުން ތަމްސީލުކުރެވޭ މިންވަރު އިތުރުކުރުމުގެ މަގުސަދަކީ ކަންކަން ނިންމުމުގެ ހުރިހާ މަރުހަލާއެއްގައި އެންމެހައި ދިވެހިންގެ ބައިވެރިވުން އޮތުމާއެކު، ހުރިހާ ރައްޔިތުންގެ އަޑު އަހައި، އެ ހިޔާލުތަކުގެ އަގުވަޒަންކުރެވޭކަން ކަށަވަރުކުރުން ކަމަަށެވެ. 

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ އަގުކުރުންތަކާމެދު ވިސްނައި ފިކުރުކުރާއިރު، ދުނިޔޭގައި އެމީހުންނަށް ހައްގު މަގާމު ހޯދުމަށް މަސައްކަތްކޮށް އެކަމުގައި ގުރުބާންވަމުންދާ ހުރިހާ އެންމެން މަތިން މިއަދު ހަނދާންކޮށް އެމީހުންނާއެކު ދިވެހިން ތިބޭނެ ކަމަށެވެ. 

ހާއްސަކޮށް އަމިއްލަ މުސްތަގިއްލު ދައުލަތެއް ހޯދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފަލަސްތީނު މީހުންނަށް ލިބެންޖެހޭ އަމިއްލަ ވެރިކަމެއް ހިންގުމުގެ އަސާސީ މިނިވަންކަމުން އެމީހުން މަހުރޫމުކޮށްފައިވާ ކަމަށެވެ. 

ޑިމޮކްރަސީގެ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ސެޕްޓެންބަރު 15 ވަނަ ދުވަސް ފާހަގަކުރުމަށް އދގެ އާއްމު މަޖިލީހުން ނިންމީ 2007 ވަނަ އަހަރުއެވެ. އެ ދުވަސް ފާހަގަކުރަނީ ޑިމޮކްރެޓިކް އަގުކުރުންތަކާމެދު ހޭލުންތެރިކަން އުފައްދައި، ޑިމޮކްރަސީ ދިރުވައި އާލާކުރުމުގެ މަގުސަދުގައެވެ. 

ކިޔުންތެރިންގެ ހިޔާލު